ކުޅިވަރު

ޔޫއެސް އޯޕަން ނަދާލް ކާމިޔާބުކޮށްފި


ޔޫއެސް އޯޕަން ޓެނިސް މުބާރާތް ރަފެއަލް ނަދާލް ކާމިޔާބުކޮށްފިއެވެ. 

ނަދާލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ކެވިން އެންޑަރސަން ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. ނަދާލް ސެޓްތައް ގެންދިޔައީ 6-3، 6-3 އަދި 6-4 ންނެވެ. މިއީ މި ސީޒަންގައި ނަދާލް ކާމިޔާބުކުރި ދެވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. އަދި އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 16 ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. ނަދާލް ވަނީ ޔޫއެސް އޯޕަން ފައިނަލްގައި ކުޅުނު ހަތަރު ފަހަރުގެ ތެރެއިން ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ. މިފަހަރުގެ ފައިނަލަކީ ނޮވަކް ޖޮކޮވިޗް ނޫން ކުޅުންތެރިޔަކާ ދެކޮޅަށް ޔޫއެސް އޯޕަން ފައިނަލްގައި ނަދާލް ކުޅުނު ފުރަތަމަ ފަހަރެވެ. މިއީ ފައިނަލްގައި ބަލިވި އެންޑަރސަން ޔޫއެސް އޯޕަން ފައިނަލްގައި ވާދަކުރި ފުރަތަމަ ފަހަރުވެސްމެއެވެ. 

img:http://s3.psmnews.mv/images/660x400/15051098116609.jpg|މުބާރާތުގެ އަންހެން ޗެމްޕިއަން ސްޓެފަން ތައްޓާއެކު: ފޮޓޯ-ޒިންހުއާ

މުބާރާތުގެ އަންހެން ޗެމްޕިއަންކަން ހޯދީ އެމެރިކާގެ ސްލޯނޭ ސެޓެފެންސްއެވެ. ފައިނަލްގައި އޭނާ ވާދަކުރީ އެމެރިކާގެ މަޑިސަން ކީސްއާއެވެ.