ތަރައްްޤީ

ޖަލުތަކުގައި ކުރިން ހިންގި އަނިޔާވެރިކަންކަން މިހާރަކު ނުހިނގާނެ!


ރާއްޖޭގެ ޖަލުތަކުގައި ކުރީ ޒަމާނުގައި ހިނގަމުންދިޔަ އަނިޔާވެރި ކަންކަން މިހާރު ނުހިނގާނެކަމުގެ ޔަޤީންކަން، ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ރައްޔިތުންނަށް ދެއްވައިފިއެވެ. މިނިސްޓަރ ވިދާޅުވީ ޤައިދީންނަށް ލިބެންޖެހޭ ޙައްޤުތައްވެސް ފުރިހަމަށް ލިބިދެވޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމަށެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ޖިނާއީ ކުށެއް ސާބިތުވެގެން ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނަށްވެސް ޤާނޫނުން ލިބިދޭ ޙައްޤުތައް ފުރިހަމައަށް ކަށަވަރު ކޮށްދެއްވާނެކަމަށެވެ. އެގޮތުން ޤައިދީންގެ ބޭސްފަރުވާއަށް ބޭނުންވެއްޖެ ޙާލަތެއްގައި އެކަންކަންވެސް ކަރެކްޝަނަލް ސަރވިންއިން ހަމަޖައްސަވައިދެއްވާނެކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޖަލުތައް ހިންގަމުންދަނީ ކުރީޒަމާނުގައި ހިންގަމުންދިޔަގޮތަށް އަނިޔާވެރިކޮށް ނޫންކަމަށާއި، މިކަމުގެ ޔަޤީންކަން ޤައިދީންގެ ޢާއިލާތަކަށް ދެއްވާކަމަށެވެ.