ޚަބަރު

މަޖިލީހުން ނަސީރުއަށް ރުހުން ދީފި


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމަށް ކ. މާފުށި، މުޝްތަރީގެ އަހުމަދު ނަސީރު ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމަށް އަހުމަދު ނަސީރު އައްޔަން ކުރެއްވުމަށް ރުހުން ދީފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާގައެވެ.

ނަސީރު އެ މަޤާމަށް ޢައްޔަން ކުރެއްވުމަށް ނިންމީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުންނެވެ. އަޙްމަދު ނަޞީރަކީ، ގިނަ ދުވަސްތަކެއް ވަންދެން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭ، އަދި އެމްއެމްއޭގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވެއެވެ.

ގަވަރުނަރުގެ މަޤާމަށް އަޙްމަދު ނަޞީރު ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އެ މަޤާމްގައި ކުރިން ހުންނެވި ޑރ.އަޒީމާ އާދަމް އިސްތިއުފާދެއްވުމާ ގުޅިގެނެވެ.