ކުޅިވަރު

މާޒިޔާ މެޗުން މިލަންދޫ ޓީމަށް ބޮޑު ހިތްވަރެއް


މާޒިޔާ އަތުން ބަލިވިނަމަވެސް މުބާރާތުގައި ކުރިއަށްދިއުމަށް އިތުރު ހިތްވަރެއް ލިބިއްޖެކަމަށް މިލަންދޫ ޓީމްގެ އެސިސްޓަންޓް ކޯޗު މުހައްމަދު ނާސިރު ބުނެފިއެވެ. 

އެކެއް ސުމަކުން މާޒިޔާ އަތުން ބަލިވި މެޗަށްފަހު ނާސިރު ބުނީ މެޗުގެ 83 ވަނަ މިނިޓާ ހަމައަށް މިލަންދޫ ޓީމުން ވަރަށް މޮޅަށް ކުޅުނުކަމަށާއި، މެޗުގެ ބޮޑުބައިގައި ގޯލެއް ޖެހިޔަ ނުދީ މާޒިޔާ ކަހަލަ ވަރުގަދަ ޓީމެއް ހިފަހައްޓާ ލެވުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. މެޗަށް ނިއުތްއިރުވެސް މާޒިޔާއަކީ ވަރުގަދަ ޓީމެއްކަން އިނގޭކަމަށާއި، ސްކޮޑަށް ބަލާއިރުވެސް އެއީ މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމްކަމަށް ނާސިރު ބުންޏެވެ. މާޒިޔާއާ ދެކޮޅަށް މިލަންދޫ ކުޅުންތެރިން ވަރަށް ހިތްވަރު ކުރިކަމަށާއި، މެޗަށް ނިކުތީ އެންމެ މަދުވެގެން ޕޮއިންޓަކަށް ކަމަށްވެސް ނާސިރު ބުންޏެވެ. މާޒިޔާފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެ، މެޗުގެ ގިނަ ވަގުތު ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާ ލެވުމުން، މިހާރު މިލަންދޫ ޓީމްގެ ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެކަމަށާއި މަސައްކަތްކޮށްފިނަމަ، މިއަށްވުރެވެސް މޮޅަށް މިލަންދޫ ޓީމަށް ކުޅެވިދާނެކަމަށް، ހުދު ކުޅުންތެރިންވެސް މިހާރު ޤަބޫލް ކުރާކަމަށް މިލަންދޫ ޓީމްގެ އެސިސްޓަންޓް ކޯޗް މުހައްމަދު ނާސިރު ބުންޏެވެ.

"މިއީ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. މިހާރު ކުޅުންތެރިނަންވެސް އެނގޭނެ މަސައްކަތްކޮށްފިނަމަ، ކާމިޔާބު ލިބޭނެކަން. މާޒިޔާއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެއް ޓީމް. ގިނަ ވަގުތު ގޯލެއް ނުޖެހި މިޓީމް ހިފަހައްޓައި ލެވޭއިރު، އެހެން ޓީމްތަކާ ދެކޮޅަށް މިލަންދޫން މިމެޗްގައި ދެއްކި ކުޅުން ދެއްކިޖެނަމަ، މޮޅު ވެވިދާނެ. އަސްލު މާޒިޔާއިން ގޯލްވެސް ޖެހުނީ މިލަންދޫ ޓީމްގެ ފަހަތަށް ހެދުނު މިސްޓޭކަކުން. ގޯލެއް ޖަހަން މާބޮޑަށް ކުރި އެރުނީ، އޭގެ ފައިދާ މާޒިޔާއިން ނެގީ." ކުރީގެ ޤައުމީ ޑިފެންޑަރު ބުންޏެވެ

ނާސިރު ބުނީ މެޗްގައި ފެނިގެންދިޔައީ މިލަންދޫ ޓީމްގެ ކުޅުންތެރިންގެ ތަޖްރިބާ މަދުކަންކަމަށެވެ.