ޚަބަރު

މިލަންދޫގައި ފެން ބޮޑުވެ ގެއްލުން ވެއްޖެ


ށ.މިލަންދޫއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ އެރަށަށް ގެއްލުންވެއްޖެއެވެ. 

ފަތިހުން ފެށިގެން އެރަށަށް ބޯކޮށް ވާރޭވެހި ފެން ބޮޑު ވެފައިވާއިރު، ބައެއް ގޭގެއަށް ފެންވަދެ ގެއްލުންތަކެއްވެފައިވަކަމަށް މިލަންދޫ ކައުންސިލުން މަޢުލޫމާތުދެއެވެ.

ށ.މިލަންދޫ ކައުންސިލުން މަޢުލޫމާތުދޭގޮތުގައި ބޯކޮށް ވާރޭވެހި ރަށުގެ ބޮޑުސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. އަދި ގިނަ ގެތަތަކަށް ފެން ވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް މަޢުލޫމާތުދެއެވެ. ކައުންސިލުން ދަނީ ވާރޭގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ބަލަމުންކަމަށާއި، ގެއްލުން ލިބިފައިވާ ގެތަށް ދެނެގަންނަށް މަސައްކަތް ކުރަމުން އަންނަކަމަށް ކައުންސިލުން ބުނެއެވެ. ރަށުކައުންސިލުންނާއި، ރައްޔިތުން ގުޅިގެން ދަނީ ގެތަކަށް ފެންވަނަނުދިނުމަށްޓަކައި ވެލިބަސްތާތައް ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.

" ފަތިހުންފެށިގެން މިރަށް އަދިވެސް ބޯކޮށް ވާރޭވެހެމުން ދަނީ. އަޅުގަނޑުމެން ކައުންސިލްގެ ފަރާތުން ރަށުތެރެއަށް ނުކުމެ ލިބިފައިވާ ގެއްލުންތައް ބަލަމުން މިދަނީ. މިހާރުވެސް ވަރަށް ގިނަ ގޭގެއަށްވަނީ ފެންވަދެ ގެއްލުންތަކެއް ވެފައި. އިތުރުގޭގެއަށް ފެންވަނުން ހުއްޓުވުމަށްޓަކައި މިދަނީ ވެލިބަސްތާތައް ޖަހަމުން. މިރަށަކީ ދަނޑުވެރިކަންކުރާ ރަށަކަށް ވާއިރު، ރަނޑުތަކަށްވެސް ވަނީ ގެއްލުންވެފައި." މިލަންދޫ ކައުންސިލް މެމްބަރު ޢަބްދުﷲ އާތިފް ވިދާޅުވިއެވެ. 

މިލަންދޫ ކައުންސިލުން ބުނީ އެރަށުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ފުލުހުންނާއި ސިފައިންގެވެސް ޙަރަކާތްތެރިވަމުންދާކަމަށެވެ.