ޚަބަރު

އެމްއެމްއޭގެ ރިޒާވް 296 މިލިއަން ރުފިޔާއަށް އިތުރުވެއްޖެ


ހުސްވި ޖުލައި މަސް ނިމުނުއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ރިޒާވް ދުއިއްސައްތަ ނުވަދިހަ ހަ މިލިއަން ރުފިޔާއަށް އިތުރުވެއްޖެއެވެ.

މަރުކަޒީ ބޭންކްއިން ނެރެ އާއްމު ކޮށްފައިވާ ޖުލައިމަހުގެ ބެލެންޝީޓަށް ބަލާއިރު، ހުސްވިމަސް ނިމުނުއިރު މަރުކަޒީ ބޭންކްގެ ރިޒާވް ހުރީ، ދުއިއްސައްތަ ނުވަދިހަ ހައެއް ޕޮއިންޓް ހަތަރެއް މިލިއަން ރުފިޔާގައެވެ. ބެލެންޝީޓަށް ބަލާއިރު، މިއަހަރުގެ ޖޫންމަސް ނިމުނުއިރު އެ ބޭންކްގެ ރިޒާވް ހުރީ، ދުއިއްސައްތަ ފަސްދޮޅަސް މިލިއަން ރުފިޔާގައެވެ. ޖުލައިމަސް ނިމުނުއިރު މަރުކަޒީ ބޭންކްގެ ރިޒާވްއަށް ތިރީސް ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ އިތުރުވެފައެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭއިން އާއްމުކުރައްވާފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫންމަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ، ހަސަތޭކަ ތިނެއް ޕޮއިންޓް ހަތަރެއް މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވް، ނުވަތަ ބޭރު ފައިސާގެ އެކިއެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް އެމްއެމްއޭއިން ބޭނުން ކުރުމަށް ހުރި އަދަދުވެސް ވަނީ، ދުއިއްސައްތަ ސާޅީސް އަށެއް ޕޮއިންޓް އަށެއް މިލިއަން ޑޮލަރަށް އިތުރުވެފައެވެ.