ކުޅިވަރު

ރިސޯރޓް ވޮލީ ޒޯން ދޭއްގެ ޗެމްޕިއަންކަން ޖުމެއިރާ ހޯދައިފި


ސޮނީ ސްޕޯރޓްސް އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ދޭއްގެ ޗެމްޕިއަންކަން ޖުމެއިރާ ވިޓަވެލި ހޯދައިފިއެވެ. 

ޖުމެއިރާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އަދާރަން ޕްރެސްޓީޖް ވާދޫއާއި ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ޖުމެއިރާ މެޗުގެ ސެޓްތައް ގެންދިޔައީ 26-24، 25-14، 25-19 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޖުމެއިރާގެ އާދަމް ފައިރޫޒް. ބެސްޓް މިޑްލް ޕްލޭޔަރަކީވެސް އޭނާއެވެ. 

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ޖުމެއިރާގެ އިބްރާހީމް އަލީއެވެ. ބެސްޓް އައުޓްސައިޑް އެޓޭކަރަކީ ވާދޫގެ އަހުމަދު ހާފިޒުއެވެ. ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަރަކީ ކަނޑޫމާގެ މުޙައްމަދު އަލީއެވެ. ސެކަންޑް ބެސްޓް މިޑްލް ޕްލޭޔަރަކީ ޖުމެއިރާގެ އަހުމަދު ނަޖީބެވެ. އެންމެ މޮޅު ސެޓަރަކީ ޖުމެއިރާގެ އިބްރާހީމް އަލީއެވެ. ބެސްޓް އޮޕޮސިޓް ކުޅުންތެރިއަކީ ޖުމެއިރާގެ އަހުމަދު ފާޒިލްއެވެ. އެންމެ މޮޅު ލިބަރޯއަކީ ވާދޫގެ ހަސަން ސައުދޫންއެވެ. އެންމެ މޮޅު ކޯޗަކީ ވާދޫގެ އިބްރާހީމް މައުސޫމްއެވެ. ތިންވަނަ ޓީމަކީ ކަނޑޫމާއެވެ.