ވިޔަފާރި

ދެވަނަ ކުއާޓަރގައި ދިރާގަށް 209.3 މިލިއަން ރުފިޔާ ލިބިއްޖެ


މިއަހަރުގެ ދެވަނަ ކުއަރޓަރގެ ދިރާގަށް ސާފު ފައިދާ 209.3 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

ދިރާގުން ބުނީ މިއަހަރުގެ ދެވަނަ ކުއާޓަރގައި އާމްދަނީގެ ގޮތުގައި ހަސަތޭކަ ސައްބީސް ޕޮއިންޓް ހަތަރެއް މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އަދި ފައިދާގެ ގޮތުގައި ދުއިސައްތަ ސާޅީސް ހައެއް ޕޮއިންޓް ފަހެއް މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ދިރާގުން ބުނީ ހިއްސާއަކަށް ޖެހިފައިވަނީ، ދެރުފިޔާ ހަތްދިހަ ފަސް ލާރިކަމަށެވެ.

ދިރާގުން ބުނީ އެކުންފުނީގެ ދެވަނަ ކުއަޓަރގެ ފައިދާ ދަށަށް ދިޔައީ ޓޫރިޒަމް ސިނާއަތަށް ލިބުނު ހީނަރުކަމުގެ ސަބަބުންކަމަށެވެ.