ޚަބަރު

އޭސީސީން ކުރީގެ ރައީސް މައުމޫންގެ ބަޔާން ނަގައިފި


ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ބަލަމުންދާ މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ބަޔާން ނަގައިފިއެވެ.

ކުރީގެ ރައީސް މައުމޫންގެ ބަޔާން އެސީސީން މިއަދު ނަގާފައިވަނީ އެމަނިކުފާނުގެ އޮފީހަށް އެސީސީގެ ޓީމެއް ގޮސްގެނެވެ. އޭސީސީން ރައީސް މައުމޫންގެ ބަޔާން ނަންގަވާފައި މިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރު ތީމުގެ އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަމާ ގުޅިގެނެވެ.

ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭ އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެތަނުން ޤާނޫނާއި ގަވައިދާ ހިލާފަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވެއެވެ. އޭގެ ތެރޭގައި އައިލީ ބޭފުޅޫންނަށާއި ގާތް ބޭފުޅުންނަށް އަގު ބޮޑެތި ތަކެތި ގަތުމަށް ކުރެއްވި އެތައް ހަރަދެއްގެ މައްސަލަވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.