ޚަބަރު

މިއަހަރުގެ އަމީރުލްޙައްޖުގެ ގޮތުގައި މިނިސްޓަރ ސަޢީދު


މިއަހަރު ރާއްޖެއިން އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާނެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަނޑައަޅުއްވައިފިއެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދުއެވެ.

ކޮންމެ އަހަރަކުވެސް ދިވެހި ޙައްޖުވެރިންގެ ކަންކަމާ ޙަވާލުވެވަޑައިގަންނަވާނެ ދައުލަތުގެ އިސް މަސްއޫލްވެރިޔަކު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައި، ޙައްޖު މޫސުމުގައި ސަޢޫދީ ޢަރަބިއްޔާއަށް ފޮނުއްވާފައެވެ.