ޚަބަރު

ޒަޚަމްވި ޒުވާނާ މަރުވެއްޖެ


މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ޒުވާނަކަށް ޙަމަލާދީ މަރާލައިފިއެވެ.

އޭނާއަށް ހަމަލާދީފައިވަނީ ގަލޮޅު ބޯޅަ ދަނޑުކައިރީގައި ހުރި ގަރާޖެއްގެ ކައިރީގައި ހުއްޓާ ކަމަށް މައުލޫމާތުލިބެއެވެ. އޭނާއަށް ލިބުނު ބޮޑެތި ޒަޚަމްތަކަށް ފަރުވާދެމުންދަނިކޮށް އެނާ މަރުވެފައިވާކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ. މިމައްސަލައާއިގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއްނުވެއެވެ.

މިހާދިސާ ހިނގާފައިމިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކެފޭއެއްގެ ތެރޭގައި އިން 24 އަހަރުގެ ޒުވާނަކަށް ހަމަލާދީ މަރާލާފައިވަނިކޮށެވެ.