ޚަބަރު

ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ


ފަތުރުވެރިން ގޮވައިގެން ހުޅުލެއަށް ދަތުރުކުރި ލޯންޗެއް،ރީތިރަށް ރިސޯޓް ކައިރިއަށް އަޑިއަށް ހިނގައްޖެއެވެ.

މި ހާދިސާ ހިނގިއިރު ލޯންޗުގައި ޗައިނާގެ 5 ފަތުރުވެރިންނާއި 2 ކުޑަކުދިންންގެއިތުރުން 3 ފަޅުވެރިން ތިބިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އަދި މި 10 މީހުން ސަލާމަތުން އެރިއަދޫ ރިސޯޓަސް ގެންގޮސްފައިވާކަމަށްވެސް އެމްއެންޑީއެފުންމަޢުލޫމާތުދެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑްމެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ(އެމްއާރުސީސީ)އަށް ލިބިފައިވަނީމިއަދު 16:00ގައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އެރިއަދޫ އައިލެންޑް ރިސޯޓުގެ މި ލޯންޗު އެރިއަދޫއަށް ގެންދިއުމުގައި ލޯންގެވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިންއަންނަނީ އެހީތެރިކަންފޯރުކޮށްދެމުންނެވެ.