ޚަބަރު

ލޯންޗެއް އަޑިއަށް ހިނގައްޖެ


ޅ.މާބިންހުރާއިން ފުރައިގެން ޅ އަތޮޅުގައި އޮންނަ ކުރެއްދޫ އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދިޔަ "މޫންލައިޓް" ނަމަކަށްކިޔާ ލޯންޗެއް، ދިޔަވެ އަޑިއަށް ހިނގައްޖެއެވެ. 

އެމްއެންޑީއެފުން ވިދާޅުވީ މިއަދު މެންދުރު 12:34 ހާއިރު ހިނގި މިހާދިސާގެ މައުލޫމާތު ލިބިގެން އެސަރަހަށްދަށް ދިޔައިރު ލޯންޗު ވަނީ އަޑިއަށް ގޮސްފައިވާކަމަށެވެ. އަދި ލޯންޗުގައި ތިބި މީހުން ނަގާފައިވަނީ ކަނޑުމަތިން ކަމަށާއި، އެއްވެސް މީހަކަށް މިހާދިސާގައި ގެއްލުމެއް ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗުގެ އެހީތެރިކަމާއެކު މި ލޯންޗުން ދަތުރުކުރި މީހުން ކުރެއްދޫ އައިލެންޑް ރިސޯޓަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.