ޚަބަރު

ސަފާރީއެއް ދިޔަވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ


ކ.ގުޅި ފަޅުގައި އޮތް "އީކުއޭޓަރ ސްޓާރ-1" ނަމަކަށް ކިޔާ ސަފާރީއެއް ދިޔަވާތީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިއަދު ގާތްގަނޑަކަށް 15:03 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑިއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ވަނީ ސަފާރީ އޮތް ސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވައެވެ. އަދި ސަފާރީގައި ހެދިފައިވާ ދިޔަގަނޑު ހިއްކުމުގެ މަސައްކަތް ސިފައިންނާއި ދޯނީގެ ފަޅުވެރިން އަންނަނީ ކުރަމުންކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާ ހިނގި އިރު އެ ދޯނީގައި 15 މީހުން ތިބިއިރު، އޭގެ ތެރޭގައި ހިމެނެނީ 9 ފަތުރުވެރިންނާއި 6 ފަޅުވެރިންނެވެ.