ތަރައްްޤީ

ފިފްތު ޕަވަރ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފަށައިފި


އަސީސީ ޚިދުމަތެއްގެ ގޮތުގައި ކަރަންޓްގެ ޚިދުމަތް ޔަޤީންކޮށްދިނުމުގެ ގޮތުން ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ސަރުކާރުން ހިންގާ އެންމެބޮޑު އެއްޕޮރެޖެކްޓަކީ ސްޓެލްކޯގެ ފިފްތް ޕަވާރ ޕްރޮޖެކްޓެވެ. ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ހިންގާ އެންމެބޮޑު ޕޮރެޖެކްޓްގެ ގޮތުގައި މި ޕްރޮޖެކްޓްގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވީ ހުސްވިއަހަރުގެ ޖުލައިމަހުގެ 31 ވަނަ ދުވަހުއެވެ. މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު އަންނަ އަހަރުގެ މެދެއްހާތާގައި މި މަސައްކަތް ނިންމާ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މި ޕްރޮޖެކްޓުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒުހޫރު ވިދާޅުވީ ސްޓެލްކޯގެ އަމާޒަކީ ރައްޔިތުންނަށް އިތުބާރާއިއެކު ޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ. އަދި މިމަސައްކަތުގެ ސަބަބުން ކަރަންޓްގެ ޔަޤީންކަން ބޮޑުވެގެން ގޮސްފައިވާކަމަށްވެސް ޒުހޫރު ވިދާޅުވިއެވެ.

ކަރަންޓް ފޯރުކޮށްދިނުމުގައި ސްޓެލްކޯއިން ބިޔަ މަސްރޫއުތަކެއް ހިންގަމުންދާއިރު ކަރަންޓަށް ނަގާ ފީއަކީ މިފަދަ މަސްރޫއުތަށް ހިންގުމަށް އެކަށޭނެ ފީއެއްކަން ފާހަގަކުރައްވާ ޒުހޫރު ވިދާޅުވީ ފީ ބޮޑުކުރަން ސަރުކާރުން ގަސްތުނުކުރައްވާކަމަށެވެ. އަދި އެއްވެސް މަޑުޖެހުމެއްނެތި ހަކަތަ ފޯރުކޮދިނުމަށް ކުރަންޖެހޭ މަސައްކަތްތަށް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް ޒުހޫރު ވިދާޅުވިއެވެ.

ހުޅުމާލޭގައި ކުރިއަށްގެންދާ މިމަޝްރޫއުގެ ދަށުން ހުޅުމާލޭގައި ނުވަ މެގަވޮޓްގެ ހަ އިންޖީނުގެ މައްޗަށް އެކުލެވޭ 50 މެގަވޮޓްގެ ކަރަންޓް އުފައްދައިދޭ އިންޖީނުގެއެއް ގާއިމްކުރާނެއެވެ. އޭގެ އިތުރުން 2400 މެޓްރިކް ޓަނުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި ފެން އުފައްދާ ނިޒާމެއް ވެސް ގާއިމްކުރާނެއެވެ. މިއީ ސީވޯޓަރ ކޫލިންގ ސިސްޓަމަކާއެކު ގާއިމުކުރާ ޑީސަލިނޭޝަން ޕްލާންޓެކެވެ.

މި މަޝްރޫއުގެ ދަށުން މާލެއާ ހުޅުލެއާ ދެމެދު އަޅަމުންދާ ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖުގެ ޒަރިއްޔާއިން މާލެއާއި ހުޅުމާލޭގެ ކަރަންޓް އެއްވިއުގައަކުން ގުޅާލާއިރު މިހާރު މިވަނީ މި ވިއުގަ ގުޅާލުމަށް ބޭނުންވާ ކޭބަލްގެ ޑިޒައިނިންގެ މަސައްކަތް ޚާއްޞަ ކޮންސަލްޓެންޓެއްގެ ބެލުމުގެ ދަށުން ނިމިފައެވެ.