ޚަބަރު

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ތިޖޫރި ވަގަށް ނަގައިފި


ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ތިޖޫރި ވަގަށް ނަގައިފިއެވެ. 

ފުލުހުން ބުނީ ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އޮފީހުގެ ތިޖޫރި ވަގަށް ނަގާފައިވާތީ، އެމައްސަލަ ތަޙްޤީޤް ކުރަމުންގެންދާކަމަށެވެ. އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ. އަދި މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ. 

ޕީ.އެސް.އެމަށް އެނގިފައިވާގޮތުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ތިޖޫރި ވަގަށް ނަގާފައިވާކަން އެނގިފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތެވެ. ހަފްތާ ބަންދު ދުވަސްތަކަކީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އޮފީސް ބަންދު ދުވަސްތަކެކެެވެ. އެ އޮފީހުގެ ތިޖޫރީ ވަގަށް ނަގާފައިވާއިރު، ވަގަށްނެގިއިރު ތިޖޫރީގައި ހުރީ ކިހާ ފައިސާއެއްކަން އަދި ކަށަވަރުވެފައެއްނުވެއެވެ.