ޚަބަރު

އަލީ އާޒިމްއާއި އަލީ ޒާހިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި


ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. 

އަލީ އާޒިމްއާއި އަލީ ޒާހިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، މިއަދު ހަވީރު އާޓިފިޝަލް ބީޗު ކައިރީގައި ހުންނަ އެމްޑީޕީގެ ހަރުގޭގެ ކައިރީގައި ބޭއްވި އެއްވުމެއްގެ ތެރެއިންނެވެ. އަލީ ޒާހިރުއާއި އަލީ އާޒިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ފުލުހުން ވިދާޅުވީ އެސަރަޙައްދުން ޖުމްލަ 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. 

އެއްވެ އުޅުމާބެހޭ ޤާނޫނުގެ ދަށުން ފުލުހުންގެ ހުއްދަ ނުހޯދައި، މާލޭގެ މަގުތަކުގައި މުޒާހަރާކޮށް، އެއްވެ އުޅުމަކީ މަނާކަމެކެވެ.