ޚަބަރު

އިލްހާމާއި ސިނާން، ޕީޕީއެމުން ވަކިކުރިކަން އަންގައިފި


ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދާއި، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާން ޕީޕީއެމުން ވަކިކުރިކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ ދާއިރާތަކުގެ ބައި އިލެކްޝަން، އިލެކްޝަންސް ކޮމިޝަނުން އަދި އިއުލަން ކޮށްފައެއްނުވެއެވެ. މީގެ ކުރިން ހަތަރު ދާއިރާގެ މެންބަރުން ޕީޕީއެމުން ވަކިކޮށް ރައްޔިތުންގެ މަޖިލީހަށް އެންގުމާ ގުޅިގެން، އެ ދާއިރާތައް ތަމްސީލްކުރަމުން އައި މެންބަރުންގެ ގޮނޑި ގެއްލި، އެ ދައިރާތަކުގެ ބައި-އިލެކްޝަންސް އިލެކްޝަންސް ކޮމިޝަނުން ވަނީ އިޢުލާންކޮށްފައެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ 60 ދުވަހުގެ ތެރޭގައި އެދާއިރާއެއްގެ ބައި-އިލެކްޝަން ބާއްވަން ޖެހެއެވެ.