ޚަބަރު

ތަހްޤީޤްކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ


އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންދާ މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.  

މާރާމާރީގެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ނަޖާޙް ޝަރީފް، އިވްނިންގނާޒް / ސ.ހިތަދޫ (23އ) އެވެ.

ވީމާ ނަޖާޙް ޝަރީފް އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.