ޚަބަރު

ފާރިސް މައުމޫން ހައްޔަރުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ފާރިސް މައުމޫން ހައްޔަރުކޮށްފިއެވެ.

ފުލުހުން ތަހްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން މިއަދު ހެނދުނުން ފެށިގެން މ. ސްނޯ ރޯސްގޭގެ ފާރިސް ދިރިއުޅުއްވާ އެޕާރޓްމަންޓަށް ކޯޓު އަމުރެއްގެ ދަށުން ވަނީ ބަލައި ފާސްކޮށްފައެވެ. ބަލަމުންދާ މައްސަލައަކާ ގުޅިގެން ފާރިސް ހައްޔަރުކުރިކަން ފުލުހުން ވަނީ ޕީ.އެސް.އެމް ނިއުސް އަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ސީދާ ކޮން މައްސަލައެއްގައިކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިއަދު ހެނދުނު ފާރިސް ދިރިއުޅުއްވާ އެޕާރޓްމަންޓަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ ބަލައި، ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވާކަމަށް ފާރިސްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅުންހުރި ހެކި ހޯދުމަށްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ ކުރިން ޝަޚްސު އޮޅުވާލުމުގެ ކުށުގައި ފާރިސްގެ މައްޗަށް ވަނީ ދަޢުވާ އުފުލާފައެވެ.