ޚަބަރު

ފުވައްމުލަކުން ގެއްލުނުމީހާ ހޯދުމަށް ކަނޑުގެސަރަޙައްދު ބަލަނީ!


މިދިޔަ ހުކުރު ދުވަހު ފުވައްމުލަކުން ގެއްލުނު މުޙަންމަދު ޝާފިޢު ހޯދުމަށް، ފުވައްމުލައް ހިމެނޭ ހިސާބުގެ ކަނޑުގެ ސަރަޙައްދު ހޯދަމުންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެނޑީއެފްގެ ސަދަން އޭރިއާގެ ސިފައިން މިއަދު ހެނދުނުން ފެށިގެން ފުވައްމުލަކުގެ ކަނޑުގެ ސަރޙައްދު ބަލަމުން އަންނަކަމަށާ، ގެއްލުނު މީހާ ހޯދުމަށް ފުލުހުންނާ ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވެސް އެމްއެންޑިއެފުން ބުނެއެވެ. 

ފުވައްމުލަކުން ގެއްލިގެން ހޯދަމުންދާ މުޙަންމަދު ޝާފިޢު އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއްކަމަށް ފުލުހުން ބުނެއެވެ. 

މުޙަންމަދު ޝާފިޢު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ހުކުރު ދުވަހުގެ ރޭ ބާރަގަޑި ފަހެއް ހާއިރުއެވެ. ފުލުހުން ބުނީ ޝާފިޢު ހޯދުމަށް އާއިލާއާ އެ ރަށުގެ ރައްޔިތުންނާ ގުޅިގެން ރަށުގެ ބޮޑުސަރަހައްދެއް ބަލާފައިވާ ކަމަށާ، އަދިވެސް އޭނާ ހޯދުމުގެ މަސަތްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށެވެ.

މުޙަންމަދު ޝާފިޢުއާ ގުޅޭ އެއްވެސް މަޢޫލޫމާތެއް އެނގޭ މީހެއް ވާނަމަ ލަސްނުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އެކަން އެންގުމަށް ފުލުހުން އިލްތިމާސްކުރެއެވެ.