ޚަބަރު

ސަދަން ޓްރާންސްޕޯޓުން ފުވައްމުލަކަށް ދަތުރުތައް ފަށަނީ


ދެކުނުގެ އަތޮޅުތަކަށް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ސަދަން ޓްރާންސްޕޯޓް ލިންކް (އެސް.ޓީ.އެލް)އާއި ސްރީލަންކަން އެއަރލައިން ގުޅިގެން ސްރީލަންކަން އެއަރލައިންގެ ދަތުރުތައް އަޑޫ ސިޓީއަށް އޮންނަ ދުވަސްތަކާއި ދިމާކޮށް އެސްޓީއެލް އިން ފުވައްމުލަކަށް ލޯންޗު ފެރީގެ ޚިދުމަތް ދޭން ފަށައިފިއެވެ. 

އެސް.ޓީ.އެލް އިން މަޢުލޫމާތުދޭ ގޮތުގައި ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހަކު ގަމުން ކޮލަމްބޯ އަށް އަދި ކޮލަމްބޯ އިން ގަމަށް ސްރީލަންކަން އެއަރލައިން ފްލައިޓް ގަޑިތަކާ ދިމާކޮށް ފުވައްމުލަކާއި ފޭދޫއާއި ދެމެދު ލޯންޗު ފެރީގެ ޚިދުމަތް ދޭނެއެވެ. އެއްފަހަރާ ސައުވީސް މީހުންނަށް ދަތުރުކުރެވޭ މި ލޯންޗުން ޓިކެޓްގެ އަގަކީ ކޮޅަކަށް 290 ރުފިޔާއެވެ. ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކާއި ފޭދޫ ފެރީ ޓަރމިނަލުންނެވެ.

ސްރީލަންކަން އެއަލައިން އިން ވަނީ ފެރީ ދަރުތުތައް ފެށުން ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީގައި ޚާއްސަ ރޯޑް ޝޯވއެއް ބާއްވާފައެވެ. މި ރޯޑް ޝޯވ ގެ ތެރެއިން 20 ޕަސެންޓް އަގުހެޔޮކޮށް ގަން-ކޮލޮންބޯ ދަތުރުތަކުގެ ޓިކެޓު ރިޒަވޭޝަން ހެދުމުގެ ފުރުޞަތުވެސް އާއްމުންނަށް ހުޅުވާލާފައިވެއެވެ.

ފުވައްމުލަކަށް ލޯންޗު ފެރީގެ ޚީދުމަތް ހަފްތާއަކު ދެ ދުވަހު ބޭއްވި ނަމަވެސް، ކޮލަމްބޯއާއި ގަމާއި ދެމެދު ފްލައިޓް ދަރުތައް ހަފްތާއަކު 4 ދުވަހު އޮންނާނެއެވެ.