ޚަބަރު

އާސަންދަ ސްކީމަށް އަހުލުވެރިކުރުމުގެ މަހާސިންތާއެއް ފަށައިފި


އާސަންދަ ސްކީމްގެ ޙިދުމަތްތަކަށް ރާއްޖޭގެ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ރައްޔިތުން އަހުލުވެރި ކުރުވުމަށް ބާއްވާ 2 ވަނަ މަހާސިންތާ ގދ.ތިނަދޫގައި ފަށައިފިއެވެ.

"އަހުލު 2"ގެ ނަމުގައި ކުރިޔަށްދާ މި މަހާސިންތާގައި ގދ.އަތޮޅުގެ 9 ރަށަކުން 81 މީހުން ބައިވެރިވެއެވެ. މިއަދުގެ ނިޔަލަށް ކުރިޔަށްދާ މި މަހާސިންތާގައި އާސަންދަ ކޮމްޕެނީއާއި އެންސްޕާ، އެމްއެންޑީއެފް، ބައިވެރިވެއެވެ. މީގެއިތުރުން އެސްޓިއޯ ފާމަސީއާއި އައިލެންޑް އޭވިއޭޝަނާއި ޑޮކްޓަރ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ގދ.އަތޮޅުގެ ސްކޫލްތަކާއި ކްލަބް ޖަމްޢިއްޔާތަކުން ބައިވެރިވެއެވެ.