ޚަބަރު

"ހެޔޮވިސްނޭ ރައްޔިތުންނަށް ހަޤީޤަތް ސާފުވެއްޖެ"


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިދިކޮޅު ފަރާތްތަކުންނާއި، ބައެއް މީޑިތަކުން ކުރާ ތުހުމަތުތަކަށް ދެއްވި ސާބިތު ޖަވާބުތަކުން ހެޔޮވިސްނޭ ރައްޔިތުންނަށް ހަޤީޤަތް ސާފުވެއްޖެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިޒް ވިދާޅުވެއްޖެއެވެ.

ހުޅުވާލެވިފައިވާ މީޑިއާގެ ކުރިމަތީގައި ނޫސްވެރިން ބޭނުން ކޮންމެ ސުވާލެއް ކުރުމުގެ ފުރުޞަތު ދެއްވައި ވަރަށް ސާބިތުކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނޫސްވެރިންގެ ހުރިހާ ސުވާލަކަށް ޖަވާބުދެއްވި ރޭގެ ނޫސްވެރިންގެ ބައްދަލުވުމަކީ، އާދަޔާ ޚިލާފް ނޫސްވެރިންގެ ބައްދަލުވުމެއްގެ ގޮތުގައި މި ބައްދަލުވުން ސިފަކުރަމުންދާއިރު ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އާންމު ފަރާތްތަކުންވެސް ގެންދަވަނީ ރައީސްގެ ހިތްވަރުގަދަކަމާއި ސާބިތުކަން ފާހަގަކުރައްވަމުންނެވެ.

tw:https://twitter.com/MMuizzu/status/884848169028165633

މިކަން ފާހަގަކުރައްވައި ރައީސް ޔާމީންގެ ސަރުކާރުގައި ރައްޔިތުންނާއި އެންމެ ގުޅުންހުރި ތަރައްޤީގެ އެންމެ އާދައިގެ މަޝްރޫޢުތަކުން ފެށިގެންގޮސް އެންމެ ބިޔަ މަޝްރޫޢުތަކުގެ ކަންކަން އެންމެ ގާތުން ބަލަހައްޓަވާ ވަޒީރު، ޑރ. މުޙައްމަދު މުއީޒް ވިދާޅުވީ، މީޑިއާތަކުން ކުރަން ބޭނުންވި ހުރިހާ ސުވާލަކަށް ރައީސް ޔާމީން ދެއްވެވީ ސާބިތު ޖަވާބުތަކެއްކަމަށެވެ. އަދި އެމަނިކުފާނާއި ގުޅޭގޮތުން ދައްކަވާ ވާހަކަތަކަށް އެ ދެއްވި ޖަވާބުތަކުންވެސް ހެޔޮވިސްނޭ ރައްޔިތުންނަށް ހަޤީގަތް ސާފުވެގެން ހިނގައްޖެކަމަށެވެ.

ތަކުރާރުކޮށް އެއްކަމަކަށް އެއް މީޑިއާ ސްޓޭޝަނަކުން އެތައް ސުވާލެއް ކުރެއްވި އިރުވެސް ރައީސް ޔާމީން އެފަރާތަށް ޖަވާބުދެއްވީ ވަރަށް ހިނިތުންވުމާއި، ސާބިތުކަމާއެކުއެވެ.

tw:https://twitter.com/em_saeed/status/884858027760734208

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ކުރެއްވި ޓުވީޓެއްގައި ވަނީ، ޤައުމުވަންތަކަމާއި، ހިތްވަރާއި، ސާބިތުކަމުގެ ސިފަ، އެއްކޮށްލާފައި ނަމެއް ކިޔާނަމަ، އެނަމަކީ ރައީސް ޔާމީން ކަމުގައި ސިފަކުރައްވާފައެވެ.