ޚަބަރު

ވެލި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް އަޑިއަށްގޮސްފި


ވެލި ބަރުކޮށްގެން ތ.ތިމަރަފުއްޓަށް ދަތުރުކުރި ދޯންޏެއް އަޑިއަށްގޮސްފިއެވެ.

35 ފޫޓުގެ "ދޯދި" ނަމަކަށްކިޔާ މި ދޯނި އަޑިއަށް ގޮސްފައިވަނީ ތިމަރަފުށީގައި ކުރިން ބޭނުންކުރި ބާ ނެރު ކައިރިން 33 މީޓަރު އަޑިއަށްކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މި ހާދިސާ ހިނގި އިރު ދޯނީގައި 3 ދިވެހިން ދަތުރުކުރަމުންދިޔަކަމަށާ ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 11:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ދޯނި ފެންމަތި ކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ދަނީ ކުރަމުންނެވެ.