ޚަބަރު

މިނިސްޓަރ ސަޢީދުގެ ބަހުގެ ޙަމަލާތައް މައުމޫނާއި، ނަޝީދަށް!


އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު, ރައީސް މައުމޫނާއި ރައީސް ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފިއެވެ. 

އިދިކޮޅު ފަރާތަކަށް ރައްދުދެއްވާ މިނިސްޓަރ ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް މައުމޫނަކީ އެތައް ބަޔަކަށް ޖަލުގައި ލާ އިންސާނީ އަނިޔާ ދިން ވެރިއެއްކަން ބުނެދެއްވީ ރައީސް ނަޝީދުކަމަށެވެ. އަދި ރައީސް ނަޝީދަކީ ލާދީނީ ބޭފުޅެއްކަން ބުނެދެއްވީ ރައީސް މައުމޫންކަމަށެވެ.

ޤައުމާއި ދީނަށް ޚިޔާނަތްތެރިވުމުގެ ތުހުމަތު އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ކުރެއްވުމަށްފަހު މިއަދު އެކުގައި މަސައްކަތްކުރައްވަން ފެށްޓެވިކަމަށް ވިދާޅުވެ ރައީސް މައުމޫނާއި ރައީސް ނަޝީދު މާފުކުރެއްވީކަމަށް ވިދާޅުވާކަމަށެވެ. 

ޤައުމާއި ދީނަށް ޚިޔާނަތްތައް ވި މި ދެ ބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް މާޢާފްކުރެއްވުން އެ ނިމުނީތޯ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ސުވާލުކުރައްވާފައިވެއެވެ. 

މިނިސްޓަރ ސަޢީދުގެ ބަހުގެ ހަމަލާތައް ރައީސް މައުމޫނާއި ރައީސް ނަޝީދަށް އަމާޒުކުރައްވާފައި މިވަނީ އިދިކޮޅު ފަރާތްތަކުން މިދިޔަ ހޯމަދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިވަގުތު ޤައުމަށް އެންމެ ފައިދާ ބޮޑު ގޮތަކީ ރައީސް ނަޝީދާއެކު މަސައްކަތް ކުރެއްވުންކަމަށް ރައީސް މައުމޫން ވިދާޅުވެފައިވަނިކޮށެވެ.