ތަޢުލީމު

ވިލާ އިންޓަނޭޝަނަލް ސްކޫލުން މިއަހަރު 219 ކުދިން ދަސްވެނިވެއްޖެ


ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން މިއަހަރު 219 ކުދިން ދަސްވެނިވެއްޖެއެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ 2017 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ތާޖުއްދީން ސްކޫލްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ރެކްޓަރ ޑރ. އަޙުމަދު އަންވަރު ވަނީ، ދަސްވެނިވި ދަރިވަރުންނަށް މުހިންމު ނަސޭހަތްތަކެއް ދެއްވާފައެވެ. އެގޮތުން ކޮންމެ ދަރިވަރަކީވެސް ގޯސް އަމަލުތަކަށް ނޫނެކޭ ބުނެވޭ ފެންވަރުގެ ކުއްޖަކަށް ވުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ. އަދި އެ ސްކޫލުން ތަޢުލީމް ހާސިލް ކޮށްގެން މުޖުތަމައަށް ނުކުންނަ ކޮންމެ ދަރިވަރަކުވެސް މަތީ ތަޢުލީމު ހޯދުމުގައި އެންމެ ފެންވަރު ރަނގަޅު ކޮލެޖުތަކާއި ސްކޫލްތައް ޚިޔާރުކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

ޑރ. އަޙުމަދު އަންވަރުގެ ވާހަކައިގައި، ކޮންމެ ދަރިވަރަކީވެސް ޤައުމަށް ވަފާތެރި ޤައުމަށް ފައިދާކުރުވަނިވި ދަރިއަކަށް ވުމަށް އިލްތިމާސް ކުރައްވާފައެވެ. ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަކީ 2010 ވަނަ އަހަރުންފެށިގެން މަތީ ތަޢުލީމް ފޯރުކޮށްދެމުންދާ ސްކޫލެކެވެ.