ޚަބަރު

ސަޕްލައި ދޯންޏެއް ފަރަށް އަރައިފި


މާލެއިން ފުރައިގެން ދ.ކަނޑިންމަ ރިސޯޓަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދިންގޮތުގައި "ޓްރާންސްޕޯޓް 1" ނަމަކަށް ކިޔާ 85 ފޫޓްގެ މި ދޯނި ފަރަށް އަރާފައިވަނީ މާލެއަތޮޅު ބޮލިފުށި ކައިރިއަށެވެ.

މި ހާދިސާ ހިނގިއިރު މި ދޯނީގައި 5 ދިވެހިން ތިބިކަމަށާ، ނަމަވެސް އެއްވެސް މީހަކަށް ކަމެއް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ދޯނީގައި މައިގަނޑު ގޮތެއްގައި ހުރީ ރިސޯޓް ސަޕްލައިއަށް ބޭނުންވާ މުދާ ކަމަށް އެމްއެންޑީއެފުންބުނެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ފަތިހު 5:17ހާއިރުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އެމްއެންޑީއެފުން ދަނީ މި ދޯނި ފުންކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.