ޚަބަރު

"ވެކޭޝަން އެކްސްޕޯ" މާދަމާ ފަށާނެ!


ދިވެހިން ޗުއްޓީ ހޭދަކުރާ މަންޒިލްތަކާއި ބެހޭ މައުލޫމާތު ހިއްސާކުރުމަށް ހައި ރައިޒުން ބާއްވާ "ވެކޭޝަން އެކްސްޕޯ " މާދަމާ ފަށާނެއެވެ. 

ޗުއްޓީއާ ދިމާކޮށް ރާއްޖެއާއި ރާއްޖޭން ބޭރުގެ މަންޒިލްތަކާއި ބެހޭގޮތުން ދިވެހިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ހައިރައިޒުން ބާއްވާ ވެކޭޝަން އެކްސްޕޯއާ ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ހައިރައިޒްގެ ސޭލްސް އެންޑް މާރކެޓިންގ މެނޭޖަރ މުޙައްމަދު ޝާމިން ބުނީ މި އެކްޕޯގެ ތެރެއިން ރާއްޖޭގެ ސަރަހައްދުތަކަށާއި އަވައްޓެރި ޤައުމުތަކަށްވެސް ފަސޭހަކަމާއި އަގުހެޔޮކޮށް  ދަތުރުކުރެވޭނެ ގޮތްތަކުގެ މައުލޫމާތު އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެކަމަށެވެ. މިފަހަރުގެ އެކްސްޕޯގެ ތެރެއިން ރާއްޖެއިން ބޭރުގެ މަޝްހޫރު ބައެއް ހޮސްޕިޓަލްތަކާއި ބެހޭ މައުލޫމާތުވެސް ލިބޭނެކެކަމަށް ޝާމިން ބުންޏެވެ. 

މިފަހަރުގެ އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކޮންމެ ދުވަހަކުވެސް އަގުހުރި އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ހައިރައިޒުން މައުލޫމާތުދެއެވެ. އެކްސްޕޯގައި ތިރީސްއަށަކަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތައްވެސް ކުރިއެރުންތަކެއް ލިބޭނެ އެކްސްޕޯއެއްގެ ގޮތުގައި ހައިރައިސްއިން ދެކެއެވެ. ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހުރު ދުވަހުގެ ނިޔަލަށް މި އެކްސްޕޯ ކުރިއަށްދާނެއެވެ. އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް އާރޓް ގެލަރީގައެވެ. މިއީ "ވެކޭޝަން އެކްސްޕޯ "  ބާއްވާ ދެވަނަ އަހަރެވެ. 

މި އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އިނަރމޯލްޑިވްސް ހޮލިޑޭޒް ހަމަޖައްސައި، އެކްސްޕޯގެ ޕާޓްނަރުންގެ ގޮތުގައި 11 ފަރާތަކާއެކު މީގެ ކުރިން ހައިރައިޒުންވަނީ ސޮއިކޮށްފައެވެ.