ޚަބަރު

ބައިބަލާ ޗެމްޕިއަނުންނަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ


"ބައިބަލާ 1438" ގެ ޗެމްޕިއަންކަން ހޯދި ކްލަބް ޓީނޭޖަށާއި، މުބާރާތުގެ އެކި ވަނަތައް ހޯދި ޓީމުތަކަށާއި ކުޅުންތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ކްލަބް ޓީނޭޖް މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި އޮއެހާ ސްޕޯޓްސް ކްލަބާ ވާދަކޮށް، ކުޅުނު ދެ ގޭމް އެއްވަރުވުމާއެކު ގަދަހިފުން ކާމިޔާބުކޮށްގެންނެވެ. މިއީ ކްލަބް ޓީނޭޖް ބައިބަލާ މުބާރާތް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.

މިއަހަރުގެ ބައިބަލާ މުބާރާތުގެ މިސްޓަރ ބައިބަލާއަކަށް ހޮވުނީ އޮއެހާ ސްޕޯޓްސް ކްލަބްގެ އަސްލަމް ވާޙިދެވެ. މިދިޔަ އަހަރުވެސް މި މަގާމު ހާސިލުކޮށްފައިވަނީ އަސްލަމް ވާޙިދެވެ.