ޚަބަރު

ވ.ކެޔޮދޫއިން ފިސްތޯލައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިއްޖެ


ވ.ކެޔޮދޫއިން ފިސްތޯލައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ ފިސްތޯލައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވަނީ އެރަށު ގޮނޑުދޮށުންކަމަށެވެ. އަދި ފުލުހުންނަށް މިކަން ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 11:30ހާއިރު ކަމަށެވެ.

މިހާރު ކެޔޮދޫގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، އެއީ ޕިސްތޯލައެއްތޯ ޔަގީން ކުރުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.

މިކަމާގުޅޭ ތަޙްޤީޤްތައް ކުރިއަށްދާތީ އިތުރު ތަފްސީލް ހާމަކުރެވެން ނެތްކަމަށް ފުލުހުން ބުނެއެވެ.