ކުޅިވަރު

39 ޓީމާއެކު ފޯރިގަދަ ބައިބަލާ މުބާރާތް ފަށައިފި


39 ޓީމާއެކު ފޯރިގަދަ ބައިބަލާ މުބާރާތް ރޭ ފަށައިފިއެވެ. 

މާފަންނު ސްޓޭޑިއަމްގައި ފެށި ބައިބަލާ މުބާރާތުގައި ރޭވަނީ 7 މެޗް ކުޅެފައެވެ. 7 މެޗްގެ ތެރެއިން ފުރަތަމަ މެޗް ފިޔަވައި ދެން ކުޅުނު މެޗްތައް ނިމިފައިވަނީ ގަދަ ހިފުމަށް ނުގޮހެވެ. ރޭގެ ފުރަތަމަ މެޗް ވީ އާ ދަ ވަންސްއާ ވާދަކޮށް ގަދަ ހިފުމުން ކާމިޔާބުކުރީ ޓީނޭޖް ޖޫނިއަރސްއެވެ. 2 ވަނަ މެޗް ބޮސްނިއާ ސިޓީއާ ވާދަކޮށް ސީދާ ދެގޭމުން ކާމިޔާބުކުރީ ހުޅުމާލެ ސްޕޯޓްސް ކްލަބެވެ. 3 ވަނަ މެޗްގައި ބުރު ޕާކިއަންސްއާ ބައްދަލުކޮށް ކާމިޔާބުކުރީ ޕީކޭ ކަޔޯޓީސްއެވެ. 4 ވަނަ މެޗްގައި އެމްސީ ސްޕޯޓްސްގެ މައްޗަށް ކުރިހޯދާ މެޗް ކާމިޔާބުކުރީ ދަނޑު ގޯޅިއެވެ. 5 ވަނަ މެޗްގައި އެޗް.އެސް ނިއު ޖެނެރޭޝަނާ ވާދަކޮށް ސީދާ 2 ގޭމުން ކާމިޔާބުކުރީ މީޓް ދަ އީގަލްސްއެވެ. 6 ވަނަ މެޗް ބޫގާ ބާގާ އީގަލްސްއާ ވާދަކޮށް ކާމިޔާބުކުރީ އާރުއެލްސީއެވެ. ރޭގެ ފަހު މެޗްގައި ޓީސީ ނެވަޑައިސްގެ މައްޗަށް ކުރިހޯދީ ވީކޭ ސްޕޯޓްސް ކްލަބެވެ.

 މިއަހަރުގެ ބައިބަލާ މުބާރާތުގައި މިރޭ 8 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިރޭގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އީގަލްސް އިން ތްރީޑީއާއި ހައްހާ ވައިކަންމައްޗެވެ. 2 ވަނަ މެޗްގައި އޫމްޕާ ލޫމްޕާ ނިކުންނާނީ ޓީސީ ފްރެޓާނިޓީއާ ދެކޮޅަށެވެ. 3 ވަނަ މެޗްގައި ބައްދަލުކުރާނީ ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކުރި މީޓްދަ އީގްލްސްއާއި ކްލަބް ޓީނޭޖެވެ. 4 ވަނަ މެޗްގައި ލޮރެންޒޯ ސްޕޯޓްސް ކްލަބް ނިކުންނާނީ ރޭގެ މެޗް ކާމިޔާބުކުރި އާރުއެލްސީއާ ދެކޮޅަށެވެ. ކްލަބް ޒެފްރޯލް ނިކުންނާނީ ރޭ ވީއާ ދަ ވަންސްގެ މައްޗަށް ކުރި ހޯދި ޓީނޭޖް ޖޫނިއާސްއާ ދެކޮޅަށެވެ. އޮއެހާ ޖޫނިއާސް ނިކުންނާނީ ހުޅުމާލެ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ވޯންޓެޑް ވެއާވުލްވްސް ނިކުންނާނީ މަސްއޮޑި ވޯވޯއާ ދެކޮޅަށެވެ. މިރޭގެ ފަހު މެޗްގައި ޕަންކް ނެކްސްޓް ލެވެލް މިކުންނާނީ ޒެފްރޯލް ގޯޅިއާ ދެކޮޅަށެވެ. 

މިރޭގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ 8:30 ގައެވެ. ވޭތުވެދިޔަ އަހަރުގެ ބައިބަލާ މުބާރާތުގައި 42 ޓީމް ބައިވެރިވިނަމަވެސް މިއަހަރު މިމުބާރާތުގައި ބައިވެރިވެފައިވަނީ 39 ޓީމެވެ.