ޚަބަރު

ހެންވޭރު ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި


ހެންވޭރު އަދާ ގޭގައި މިރޭ އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ. 

މިޙާދިސާގެ ރިޕޯޓު ލިބުނީ މިރޭ 1:10 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފް ގެ ފަޔަރ އެންޑް ރެސްކިއު އިން ބުންޏެވެ. މާބޮޑު ގެއްލުމެއް ނުވަނީސް އަލިފާން ނިއްވާލާފައެވެ. 

މިޙާދިސާ ހިނގަން މެދުވެރިވީ އެގޭ ބެލްކަނީގައި ހުރި ގޭސްފުޅިއަކުން ގޭސްލީކުވެ އޭގައި އަލިފާން ހިފައިގެންކަމަށް މަޢުލޫމާތު ލިބެއެވެ. އަލިފާން ހިފީ ޖެހިގެން ހުރި ޢިމާތަކުން ވެއްޓުނު ސިގިރޭޓް ބުރިއެއްގެ ސަބަބުންކަމަށް މަޢުލޫމާތު ލޮބެއެވެ.

ހެންވޭރު އެހެން ގެއެއްގައިވެސް މިރޭ މިފަދަ ޙާދިސާއެއް ހިނގާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އެހެންނަމަވެސް މާބޮޑުކަމެއް ނުވެއެވެ.