ކުޅިވަރު

އޭދަފުއްޓާއި ކުޅުދުއްފުށި އެއް ގްރޫޕަކަށް


އެސްޓީއޯ މިނިވަން ޗެންޕިއަންޝިޕްގެ ގުރޫޕް އެކެއްގެ ފުރަތަމަ މެޗްގައިކުޅުދުއްފުޓާއި އޭދަފުށި އަދި ގުރޫޕް ދޭއްގެ ފުރަތަމަ މެޗްގައި ތިނަދޫއާއި ކުޑަހުވަދޫ ވާދަކުރަން ޖެހިއްޖެއެވެ. 

8 ޒޯންގެ އަށް ޗެމްޕިއަނުންގެ މެދުގައި ކުޅެވޭފައިނަލް ރައުންޑްގެ ގުރުއަތުލުމަށްފަހު، ގްރޫޕް އެކެއްގައި ހިމެނެނީ ހދ.ކުޅުދުއްފުށި، ބ.އަތޮޅު އޭދަފުށި، ށ.މިލަންދޫ އަދި އއ.މާޅޮސްއެވެ. މިގްރޫޕްގެމެޗްތައް ކުޅޭނީ ކުޅުދުއްފުށީގައެވެ.

 ގުރޫޕް ދޭއްގައި ހިމެނެނީ ގދ.ތިނަދޫ، ދ.ކުޑަހުވަދޫ، ތ. ތިމަރަފުށި އަދި އައްޑޫ ސިޓީ ފޭދޫއެވެ. ގުރޫޕް ދޭއްގެ މެޗްތަށްކުޅުމަށް ހަމަޖެހިފައިވަނީ ގދ.ތިނަދޫގައެވެ. ގްރޫޕް އެކެއްގެ ދެވަނަ މެޗްގައިވާދަކުރާނީ މިލަންދޫ އާއި މާޅޮސް އަދި ގުރޫޕް ދޭއްގެ ދެވަނަ މެޗްގައި ވާދަކުރާނީ ތިމަރަފުއްޓާއި ފޭދޫއެވެ. ސެމީ ފައިނަލް މެޗްތަށް ކުޅުމަށް ދަތުރުކުރާ ޓީމްތަކަށް  އެފްއޭއެމްއިން ފަންސާން ހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން ބުނެއެވެ.

ފައިނަލް ރައުންޑްގެ ގަދަ ހަތަރު ޓީމް ދިވެހި ޕްރިމިއާރ ލީގްގައި ވާދަކުރާއިރު، އެހަތަރު ޓީމަށްވެސް ފުރަތަމަ ޑިވިޝަންގެ ހަތަރު ޓީމެކޭ އެއްގޮތަށް، ފައިސާގެއެހީވާނެކަމަށް އެފްއޭއެމްއިން މަޢުލުމާތުދެއެވެ.