ޚަބަރު

ހަރަމްފުޅަށް ޓެރަރިސްޓް ހަމަލާ ދޭން ރޭވި 5 މީހަކު ހައްޔަރުކޮށްފި


ހަރަމްފުޅަށް ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވިކަމުގެ ތުހުމަތުގައި 5 މީހަކު ހައްޔަރުކޮށްފިއެވެ.

މި ފަސް މީހުން ހައްޔަރުކޮށްފައިވާއިރު، މި ހަމަލާދޭން ރޭވި އެކަަކު ވަނީ އޭނާ ފިލާހުރި އިމާރާތް، ސަޢޫދީ ސަލާމަތީ ބާރުތަކުން ވަށާލައި އޭނާ ހައްޔަރުކުރުމަށް މަސައްކަތްކުރުމުން އަމިއްލަ ހަށިގަނޑު ގޮއްވާލާފައެވެ.

tw:https://twitter.com/MOISaudiArabia/status/878352744125521920

މި ހާދިސާގައި އެ މީހާ ފިލާހުރި ތިން ބުރީގެ އިމާރާތް ވެއްޓިފައިވާއިރު، މި ހާދިސާއާ ގުޅިގެން 11 މީހަކަށް އެކިވަރުގެ އަނިޔާވެފައިވެެއެވެ. މީގެ ތެރޭގައި ސަޢޫދީ ފަސް ފުލުހަކުވެސް ހިމެނޭކަމަށް ސަޢޫދީ އިންޓީރިއަރ މިނިސްޓްރީން ހާމަކުރެއެވެ.

މި ޓެރަރިސްޓް ހަމަލާދޭން ރޭވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 5 މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނޭކަމަށް ސަޢޫދީ އިންޓީރިއަރ މިނިސްޓްރީން ހާމަކުރެއެވެ.

 ހަރަމްފުޅަށް ދޭން އުޅުނު ޓެރަރިސްތް ހަމަލާ، ސަޢޫދީ ސަލާމަތީ ބާރުތަކުން ނާކާމިޔާބުކޮށްލާފައިވާއިރު، މިހާރުވަނީ ހަރަމްފުޅު ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަންވެސް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ހަރަމްފުޅަށް ދާން އޮންނަ ބައެއް މަގުތައްވެސް މިހާރުވަނީ ބަންދުކޮށްފައެވެ.