ކުޅިވަރު

ވެލެންސިޔާ ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ނިއުރޭޑިއެންޓަށް


މޯލްޑިވްސް ސޮކަރމޭޓްސްއިން ބާއްވަމުން އަންނަ ރަމަޟާން  ވެޓެރެންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ދަތުރުކޮށްފިއެވެ.

 ފައިނަލްގެ ފަހު ޖާގަ ނިއު ޔަގީންކޮށްފައިވަނީ މިއަދު ކުޅެވުނު ސެމީ ފައިނަލް ތިންވަނަ މެޗްގައި ކުލަބް ވެލެންސިޔާއާއި ވާދަކޮށް ދެ ލަނޑު އެއް ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ. މެޗްގައި ފުރަތަމަ ލަނޑު ޖަހާ ލީޑްނެގީވެސް ނިއު ރޭޑިއަންޓްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ވަހީދުއެވެ. އަދި ނިއުގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސްނީ އަބްދުލް ރަހުމާންއެވެ. މެޗްގައި ވެލެންސިޔާއިން ޖެހި ހަމައެކަނި ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ އިސްމާޢީލް މުހައްމަދުއެވެ.

މިމުބާރާތުގެ ފައިނަލްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ވާދަކުރާނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗް ކާމިޔާބުކުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއެޝަންއާއެވެ.

ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޮނިހިރު ދުވަހު ހަވީރު ހަތަރުގަޑި ފަނަރައިގައެވެ. މިމެޗް ޔެސް ޓީވީއިން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.