ޚަބަރު

2016 ވަނަ އަހަރުގެ ބީޕީޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ފަސްކޮށްފި


2016 ވަނަ އަހަރުގެ ބީޕީޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ފަސްކޮށްފިއެވެ.

ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ފަސްކޮށްފައިވަނީ 16 ޖުލައި ގެ ނިޔަލަށެވެ. މީރާއިން މައުލޫމާތުދޭ ގޮތުގައި ބީޕީޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ފަސްކޮށްފައިވަނީ އީދު ބަންދާއި ދިމާވާތީ، ޓެކްސްބަޔާނާއި މާލީ ހިސާބުތައް ތައްޔާރު ކުރުމާއި އޮޑިޓްކޮށް ނިންމުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ. މީގެ އިތުރުން 2016 ވަނަ އަހަރުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ހުށަހަޅަން ޖެހޭ ސުންގަޑިވެސް މިހާރުވަނީ 16 ޖުލައި އަށް ފަސްކޮށްފައެވެ.

2016 ވަނަ އަހަރުގެ ބީ.ޕީޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ފަސްކުރި ކަމުގައި ވިޔަސް 2017 ވަނަ އަހަރުގެ މޭ މަހުގެ ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑިއަކީ 2 ޖުލައި ކަމަށް މީރާއިން ބުނެއެވެ.