ޚަބަރު

500،000 ރުފިޔާއިން މީޑިއާ ނެޓް ޖޫރިމަނާކޮށްފި


"ސްޓީލިން ޕެރަޑައިސް" ރީބްރޯޑްކާސްޓްކުރި މައްސަލާގައި މީޑިއާ ނެޓް ޖޫރިމަނާކޮށްފިއެވެ.

މިމައްސަލާގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާ ނެޓް ޖޫރިމަނާކޮށްފައިވަނީ 500،000 ރުފިޔާއިންނެވެ.

މީޑިއާ ނެޓް ޖޫރިމަނާކުރީ، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުމުންކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެއެވެ. މިމައްސަލާގައި މީޑިއާނެޓް ޖޫރިމަނާކުރުމުގެ އިތުރުން މަޢާފަށް އެދި ބަޔާނެއް ނެރުމަށްވެސް ބްރޯޑްކާސްޓިންކޮމިޝަނުން ވަނީ މީޑިއާ ނެޓަށް އަންގާފައެވެ.

އަބުރު ރައްކާތެރިކުރުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާބެހޭ ޤާނޫނާއި ބްރޯޑްކާސްޓިންގ ގާނޫނާއި އޭގެ ދަށުން ހަދާފައިވާ ޤަވާއިދުތަކާއި ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފު އެއްވެސް އެއްޗެއް ބްރޯޑްކާސްޓް ކޮށް، ރީބްރޯޑްކާސްޓްކުރިކަން ސާބިތުވެއްޖެނަމަ އެ ފަރާތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އަންގާފައެވެ.