ޚަބަރު

އައްޑޫ ސިޓީގައި ރޭ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ


އައްޑޫ ސިޓީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޢުމުރުން ތޭވީސް އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

ރޭ މެންދަމު 1:30ހާއިރު ހިނގި މިޙާދިސާގައި މަރުވެފައި ވަނީ، ހިތަދޫ ގަސްރުހައުސް، މޫގިލް ރަޝީދުއެވެ.

މި އެކްސިޑެންޓުގައި މޫގިލްއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އަދި ފަރުވާދިނުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. 

ފުލުހުން ދަނީ މި އެކްސިޑެންޓްގެ މައްސަލަ ތަހްޤީގްކުރަމުންނެވެ.