ޚަބަރު

އެޗްއާރސީއެމްގެ މެމްބަރުކަމަށް ޒާހިދު އައްޔަންކުރުމަށް ފާސްކޮށްފި


ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުކަމަށް މުޙައްމަދު ޒާހިދު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުކަމަށް މުޙައްމަދު ޒާހިދު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓްގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މުޙައްމަދު ޒާހިދަކީ ހިއުމަން ރައިޓްސް ކޮމީޝަންގެ ފުރަތަމަ ދައުރުގައިވެސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާއަށް ރުހުންދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމާފައިވަނީ ރުހުންދޭން ފެންނަ ކަމަށެވެ. ޒާހިދު މިހާތަނަށް ހުންނެވީ ޖެންޑަރ މިނިސްޓަރގެ ނާއިބުގެ މަޤާމުގައެވެ.