ޚަބަރު

ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް 3 ކުންފުންޏަކުން އެހީވަނީ


ސަރުކާރުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވެދިނުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއެކު ތިން ކުންފުންޏަކުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގގެ އިތުރުން ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ. img:http://s4.psmnews.mv/images/660x400/14971777761521.jpg|ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެހީވުމަށް 3 ކުންފުންޏަކުން އެއްބަސްވުން - ފޮޓޯ: ޕީއެސްއެމް / ޢަލީ ނަޞީރު

މި އެއްބަސްވުންތަކުގެ ތެރެއިން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާއެކު ވީ އެއްބަސްވުމުގެ ދަށުން ފިޔަވަތި މަރުކަޒުގައި މަސައްކަތް ކުރުމަށް ދެ ކެއަރވޯކަރުން އެއް އަހަރުދުވަހުގެ މުއްދަތަށް ވަނީ ސްޕޮންސަރކޮށްފައެވެ.

މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ އާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ފިޔަވަތި މަރުކަޒުގައި މަސައްކަތް ކުރުމަށް އެއް އަހަރުދުވަހުގެ މުއްދަތަކަށް ކެއަރވޯކަރަކު ވަނީ ހަމަޖެއްސާފައެވެ. އަދި ހޮޓެލް އެންޑް ރެސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު ވީ އެއްބަސްވުމުގެ ދަށުން އެ މަރުކަޒުގައި ދިރިއުޅޭ ކުދިންނަށް ދޭ ސިއްޙީ ޚިދުމަތް ހަރުދަނާ ކުރުމަށްޓަކައި އެއް އަހަރު ދުވަހުގެ މުއްދަތަކަށް ނަރުހަކުވަނީ ސްޕޮންސަރ ކޮށްދެއްވާފައެވެ. img:http://s4.psmnews.mv/images/660x400/14971778455757.jpg|ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެހީވުމަށް 3 ކުންފުންޏަކުން އެއްބަސްވުން - ފޮޓޯ: ޕީއެސްއެމް / ޢަލީ ނަޞީރު

މިއަދުގެ ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން، ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ ޢަދަދު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިހާރުވެސް 10 އަހަރުން ދަށުގެ 96 ކުއްޖަކު ފިޔަވަތީގައި ދަނީ ދިރިއުޅެމުންނެވެ. img:http://s4.psmnews.mv/images/660x400/14971778724259.jpg|ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެހީވުމަށް 3 ކުންފުންޏަކުން އެއްބަސްވުން - ފޮޓޯ: ޕީއެސްއެމް / ޢަލީ ނަޞީރު

ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންގެންދާ ކުދިންނަށް މުސްތަޤުބަލުގައިވެސް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކާ ޕާޓްނަރޝިޕް އުސޫލުން ސަރުކާރުގެ އެކި ވުޒާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން މިނިސްޓްރީން ތަފާރު ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާކަން މިނިސްޓްރީން ހާމަކުރެއެވެ.