ޚަބަރު

ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް


 


އައްޑޫ ސިޓީގެ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސިފައިންގެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.


 
ހިތަދޫ ބޮޑުމަގުގައި 2 ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ވެފައިވަނީ ސ. ހިތަދޫ ސަނީ ޑޮރޮޕް ރިފްއަތުﷲއަށެވެ.


 
މިއެކްސިޑެންޓާ ގުޅިގެން ރިފްއަތުގެ މޫނަށާއި ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މީގެ އިތުރުން މިއެކްސިޑެންޓާ ގުޅިގެން 2 ސައިކަލުގައި ތިބި އަނެއް 3 މީހުންނަށްވެސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށާއި ސީރިއަސް އަނިޔާވި ރިފްއަތުﷲ މާލެ ފޮނުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.


 
 


މިއެކްސިޑެންޓްގައި ސީރިއަސް އަނިޔާވި ރިފްއަތުﷲއަކީ އެމްއެންޑީއެފް ސަދަން އޭރިޔާގައި މަސައްކަތް ކުރާ ސިފައިންގެ މީހެކެވެ.