ކުޅިވަރު

ގްރޫޕް ބީގެ އެއްވަނައަށް ގްރީން ސްޓްރީޓްސް


ވިކްޓްރީ ބަލިކޮށް ރަމަޟާން ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ އެއްވަނައަށް ކްލަބް ގްރީން ސްޓްރީޓްސް ޖެހިލައިފިއެވެ.

 ގްރީންސްޓްރީޓްސް ވިކްޓްރީގެ މައްޗަށް މިއަދު ކުރިހޯދީ 3 ލަނޑު 1 ލަނޑުންނެވެ. މެޗްގައި ދެމީޓަމަށްވެސްވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތައް ލިބިފައެވެ. ގްރީން ސްޓްރީޓްސް ތިންލަނޑު ޖެހީ ވިކްޓްރީ ލަނޑެއް ޖަހާފައިވަނިކޮށެވެ. ވިކްޓްރީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ނަޒީހެވެ. ގްރީން ސްޓްރީޓަށް ނަތީޖާ ހަމަހަމަ ކޮށްދިނީމެޗްގައި މޮޅު ކުޅުމެއް ދެއްކި ޢަލީ ރިޒާއެވެ. ގްރީން ސްޓްރީޓްސްގެ އަނެއް ދެލަނޑު ކާމިޔާބު ކޮށްދިނީ އިބްރާހިމް މައުމޫނެވެ. މިމުބާރާތުގައި މާދަމާ ވާދަކުރާނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓާއި ގްރޫޕް އޭގެ އެއްވަނައިގައިއޮތް މާޒިޔާއާއެވެ.