ދީން

ޕީއެސްއެމް ޤުރުއާން މުބާރާތުގައި މިހާތަނަށް 200 ކުދިން ކިޔަވައިފި


ޕީއެސްއެމް ތުއްތުކުދިންގެ ޤުރުއާން މުބާރާތުގައި މިހާތަނަށް 200 ކުދިން ކިޔަވައިފިއެވެ.

ކޮންމެ އަހަރަކު ތުއްތުކުދިންނަށް ޚާއްޞަކޮށްގެން ގެނެސްދޭ ޤުރުއާން މުބާރާތުގައި މިއަހަރު ނަވާރަސަތޭކައެއްހާ ކުދިން ބައިވެރިވެފައިވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މާލެ އަދި ހުޅުމާލެ ހިމަނައިގެން ޖުމްލަ 10 ސަރަޙައްދެއްގައި އޮޑިޝަން ބާއްވާފައިވެއެވެ. އެއީ ހދ.ކުޅުދުއްފުށްޓާއި ރ.އުނގޫފާރާއި އއ.މަތިވެރިއާއި ފ.ނިލަންދުއާއި ލ.ފޮނަދުއާއި ޅ. ނައިފަރާއި، ގދ. ތިނަދޫގެ އިތުރުން އައްޑޫ ސިޓީގައެވެ.

މުބާރާތުގައި ކިޔަވަނީ ފަސް އަހަރާއި ހަތް އަހަރާއި، އަދި ހަތް އަހަރާއި ދިހަ އަހަރު އަދި ދިހަ އަހަރާއި ތޭރަ އަހަރުގެ އުމުރުފުރާގެ ކުދިންނެވެ. ޕީ.އެސް.އެމުން އިންތިޒާމްކޮށްގެން ބާއްވާ މިފަހަރުގެ މުބާރާތުގައި، އެހެން އަހަރުތަކާ ޚިލާފަށް ފޯނުން ބައިވެރިވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. މި އޮޑިޝަނުން 23 ކުދިން ހޮވިފައިވެއެވެ.