ކުޅިވަރު

ވެލެންސިޔާ ބަލިކޮށް މާޒިޔާ ފެށުން ރަނގަޅުކޮށްފި


މައިލޯ ރަމަޟާން ވެޓެރަންސް މުބާރާތުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ. މާޒިޔާ މެޗު ކާމިޔާބުކުރީ ކުލަބް ވެލެންސިޔާއާއި ވާދަކޮށް 2 ލަނޑު 0 ލަނޑުންނެވެ.

 މެޗްގެ ފުރަތަމަ ހާފްގެ ވަރަށް ކުރީކޮޅު މާޒިޔާގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ވެލެންސިޔާއަށްވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. ނަމަވެސް ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ. ވެލެންސިޔާއަށް ޕެނަލްޓީ ލިބުނުތާ މާގިނައިރުތަކެއް ނުވެ، މާޒިޔާއަށްވެސް ޕެނަލްޓީއެއް ލިބުނެވެ. ޕެނަލްޓީ ކާމިޔާބުކޮށް މާޒިޔާއަށް ލީޑް ހޯދައިދިނީ އަހުމަދު ނާޒްއެވެ. މާޒިޔާގެ ލީޑް އިތުރަށް ފުޅާކޮށްދިނީ މުހައްމަދު ޝާޒްލީއެވެ

މިމުބާރާތުގައި ކުލަބް ވެލެންސިޔާ ވަނީ އެޓީމް ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފައެވެ. އެންމެ ފަހުގެ ޗެންޕިއަން ނިއުރޭޑިއަންޓާ ވާދަކޮށް ވެލެންސިޔާ މެޗު ކާމިޔާބުކުރީ 3 ލަނޑު 0 ލަނޑުންނެވެ. 

މިމުބާރާތުގައި މިއަދު ކުޅޭ މެޗުގައި ވާދަކުރާނީ ވިކްޓްރީ ސްޕޯރޓްސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބެވެ.