ކުޅިވަރު

ޗެމްޕިއަން ނިއު ކުޅުނު 2 ވަނަ މެޗުންވެސް ބަލި


މައިލޯ ރަމަޟާން ވެޓެރަންސް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ކުޅުނު 2 ވަނަ މެޗުންވެސް ބަލިވެއްޖެއެވެ. 

މާފަންނު ޓާފްދަނޑުގައި މިއަދު ކުޅުނު މެޗުން ޗެމްޕިއަން ނިއުރޭޑުއަންޓް ބަލިވީ ކްލަބް އީގަލްސްއާ ވާދަކޮށް ދެލަނޑު އެއްލަނޑުންނެވެ. މެޗްގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ނިއުރެޑިއަންޓް ކުޅުނު ނަމަވެސް ނަތީޖާ ބަދަލްކޮށްލެވޭ ގޮތެއްނުވިއެވެ. މިމެޗްގައި އީގަލްސްއަށް ދެލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ޒިޔާދާއި ޢަލީ ރިޒާއެވެ. ނިއުރޭޑިއަންޓްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޙުސައިން ރަޝީދެވެ. މުބާރާތުގެ ފުރަތަމަ މެޗްގައިވެސް ނިއުރޭޑިއަންޓްވަނީ ބަލިވެފައެވެ. ކްލަބް ވެލެންސިޔާ އަތުން އެދުވަހު ބަލިވީ ތިނެއް ސުމަކުންނެވެ. 

މިމުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ކްލަބް ވެލެންސިޔާއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.