ޚަބަރު

ރޯދި ދޯނީގައި ތިބި މީހުން ފެނިއްޖެ- އެންމެންގެ ހާލުވެސް ރަނގަޅު


ދިޔަވަމުންދާކަމުގެ މަޢުލޫމާތު ލިބުނު، މުދާ އުފުލާ ދޯނީގައި ތިބި 5 މީހުން ކަނޑުމަތިން ފެނިއްޖެއެވެ. މި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި މީހުން ކަނޑުމަތިން ފެނިފައިވަނީ ފިހާޅޮހީގެ ހުޅަނގުން 4 ނޯޓިކަލް މޭލް ބޭރުންނެވެ. އެންމެންވެސް ފެނުނީ ލައިފް ޖެކެޓް އަޅައިގެން ކަނޑުގައި ތިއްބާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

"ރޯދި" ނަމަކަށް ކިޔާ މި ދޯނީގެ ގެ ގެނޑުގެ ބައެއް ކަނޑުމަތިން ފެނިފައިވާއިރު، އަދި މި ދޯނި ވީ ހިސާބެއް ނޭނގޭ ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ. މި ދޯނި ދިޔަވާން ފަށާފައިވަނީ، މާލެއިން ފުރައިގެން އދ. ރަންވެެއްޔަށް ދަތުރުކުރަމުންދަނިކޮށް ފިހާޅޮހި ކައިރިންނެވެ. މިކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:25 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރައްވަމުންނެވެ.