ކުޅިވަރު

ޗެމްޕިއަން ނިއު ބަލިކޮށް ވެލެންސިޔާއަށް ރަނގަޅު ފެށުމެއް


އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ބަލިކޮށް، ކްލަބް ވެލެންސިޔާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. 

ވިއްސާރަ ވުމުގެ ސަބަބުން އިއްޔެ ކުރިޔަށް ނުގެންދެވިގެން މެދުކަނޑާލި މެޗު މިއަދު ވެލެންސިޔާ ކާމިޔާބުކުރީ ތިނެއް ސުމަކުންނެވެ. މެޗްގައި ވެލެންސިޔާއިން ތިން ލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ހާފްގައެވެ. ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޤައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަދި ވެލެންސިޔާގެ ކެޕްޓަން އައްސަދު ޢަބްދުލްޣަނީއެވެ. އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ ޢަބްދުﷲ ޝާހިދެވެ. މެޗްގައި ލަނޑު ޖަހާނެ ގިނަ ފުރުޞަތު ލިބުނީވެސް މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ވެލެންސިޔާއަށެވެ. 

ތިރީސް ފަސްއަހަރުން މަތީގެ ކުރީގެ ކުޅުންތެރިންނަށް އަމާޒްކޮށްގެން ބާއްވާ މިމުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ޓީމާއި ކްލަބް ގްރީން ސްޓްރީޓެވެ.