ޚަބަރު

ރައީސްގެ މަންދޫބެއްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރ ލަންކާއަށް


ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު ޢާޞިމް، ސްރިލަންކާއަށް ފޮނުއްވެވުމަށް ހަމަޖައްސަވައިފިއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅަކީ، މިހާރު ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިޘާއާ ގުޅިގެން، ހާލުގައި ޖެހިފައިވާ މީހުންނަށް ދިވެހިރާއްޖެއިން ފައިސާގެ އެހީއެއް ވެދެއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.