ޚަބަރު

ކަރަލަކީ ރޯދަމަހު ދިވެހީންގެ ސުފުރާ މައްޗަށް މަޤްބޫލު މޭވާއެއް


ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ކަރައަކީ މަޤްބޫލު މޭވާއެކެވެ. ޚާއްޞަކޮށް ރޯދަމަހު ދިވެހިންގެ ތެރޭގައި ކަރަޔައް އޮންނަ ޑީމާންޑް އެތައް ގުނަޔަކަށް އިތުރުވެގެންދެއެވެ.

ތަފާތު ބާވަތްތަކުގެ ބުއިންތައްކާއި ކާތަކެތި ތައްޔާރުކުރުމަށާއި އަދި ހުހަށް ކާލުމަށްވެސް ކަރައަކީ ގިނަ ދިވެހިންނަށް ވަރަށް ކަމުދާ މޭވާއެކެވެ. ރޯދަމަހުގެ ކޮންމެ ދުވަހެއްގެ ރޯދަވީއްލާ ސުފުރާމަތިން ކަރާގެ ކޮންމެވެސް ބާވަތެއް ހުރުމަކީ ގިނަ ގެތަކުގެ އާދައެކެވެ. img:http://s1.psmnews.mv/images/660x400/14960615094919.jpg|ކަރާ ކޮށާފައި -

ރޯދަމަހަށް ޚާއްސަކޮށްގެން ކަރާ ވިއްކުމަށް މާރުކޭޓު ތައްޔާރުވެފައިވާއިރު ރާއްޖޭގައި ކަރާ ހައްދާ ގިނަ ރަށްރަށުން ވަނީ ކަރާ ވިއްކުމަށް މާލެ ގެނެސްފައެވެ. ރާއްޖޭގައި ކަރާ ހެއްދުމަށް އެންމެ މަޝްހޫރު ތޮއްޑޫގެ ދަނޑުވެރިންނާއި ކަރާގެ ދަނޑުވެރިކަން ކުރާ އެހެން ރަށްރަށުގެ ދަނޑުވެރިންވެސް، ރޯދަމަހައް ބޭނުންވާ ކަރާ ފޯރުކޮށްދިނުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ދަނޑުވެރިކަން ކުރާ ރަށްތަކުން ރޯދަމަށް ބޭނުނަވާ ކަރާ ހަތަރުމަސް ކުރިން ހައްދަން ފަށާފައިވާ ކަމަށް ދަނޑުވެރިން ބުނެއެވެ. ކަރާގެ ދަނޑުވެރިކަން ކުރާ ރަށްތައް ކަމަށްވާ ރ.ފައިނު، ގދ.ވާދޫގެ ދަނޑުވެރިން ބުނަނީ މުޅި ރޯދަމަހަށް ބޭނުންވާ ވަރަށް ކަރާ ފޯރުކޮށްދެވޭނެ ކަމަށެވެ. އެގޮތުން އަތޮޅުތެރެއަށާއި ރިސޯޓުތައް އަދި މާލެއަށް ބޭނުންވާ ކަރާ ފޮނުވަމުންދާ ކަމަށް ދަނޑުވެރިން ބުނެއެވެ. img:http://s2.psmnews.mv/images/660x400/14958138793352.jpg|ރ.ފައިނު ކަރާ ދަނޑަކުން ކަރަލެއް - ފައިލް ފޮޓޯ: އަޙްމަދު ޝާހިދު

ރާއްޖޭގައި ކަރާ ހެއްދުމަށް އެންމެ މަޝްހޫރު ރަށް ކަމަށްވާ އއ.ތޮއްޑޫއަށް މިއަހަރުގެ ރޯދަމަހަށް ކަރާ ހެއްދުމަށް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށް އެރަށު ދަނޑުވެރިން ބުނެއެވެ. އެގޮތުން ކަރާވެޔޮތަކަށް ބަލި ޖެހުމާއި، ބޮޑުފަނީގެ ސަބަބުން، އެރަށުން ދޮންކުރެވުނު ކަރާގެ ޢަދަދު އެތައް ގުނައަކަށް ދައްވެފައިވާ ކަމަށް އެރަށު ދަނޑުވެރިން ބުނެއެވެ.

މަރުކޭޓު ގޮޅިޅިތަކުގައި ކަރާ ވިއްކާ ފަރާތަތަކުން ބުނަނީ ރާއްޖޭގެ ރަށްރަށުން މުޅި ރޯދަމަހަށް ބޭނުންވާ ވަރަށް ކަރާ ގަންނަން ލިބޭނެ ކަމަށެވެ. އެގޮތުން ޖުމްލަކޮށް ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި ރޯދަމަހު ކަރާ ކިލޯއެއް ލިބޭނެކަމަށް ކަރާވިއްކާ ފަރާތްތަކުން ބުނަނީ 15 ރުފިޔާއާއި 20 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ މީހާރު ކުރަމުންދާ ވިއްސާރައިގައި ކަރާ ދަނޑުތަކަށް ލިބުނު ގެއްލުމުގެ ސަބަބުން އަގުތައް ބޮޑުވެގެން ދާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. img:http://s2.psmnews.mv/images/660x400/14960617825322.jpg|ކަރާ ފަނި ގިރާފައި -

ކަރައަކީ ސިއްހީ ގޮތުންވެސް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ މޭވާއެކެވެ. ލޮލުގެ ފެނުން ސާފުކޮށްދިނުމާއި ލޭގެ ޕްރެޝަރު ދަށްކޮށްދިނުމާއި ބޮލުގެ ރިހުން ކުޑަކޮށްދިނުމާއި، ކަރާގެ ސަބަބުން ހަށިގަނޑުގައި ފެން އިތުރުކޮށްދީ ހޫނުގެ ސަބަބުން ދިމާވާ މައްސަލަތައް ކުޑަކޮށްދެއެވެ. އެހެންކަމުން ކެއުމުގައި ކަރާ ބޭނުންކުރާނަމަ ރޯދައަށް ހުންނައިއު ހަށިގަނޑުގައި ފެންގިނަކޮށްދީ ހަކަތަ ދައްވުމުން ދުރުކޮށްދެއެވެ.